އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު
އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު
ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދަށް ޙަމަލާ ދީފައިވާ ކަމަށްބުނެ، އިތުރުފުޅު ހެއްދެވިކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ، އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްވީ، ވޯޓުގައި ބައިވެރިވި 33 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ކުއްލި މައްސަލަ ހުށައަޅުއްވަމުން މެމްބަރު ވައްޑެ ވިދާޅުވީ، އަދިވެސް ފެންނަނީ ގަދަމީހާ ގަދަވާތަން ކަމަށާއި، ބަލިމީހާ ބަލިވާތަން ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމުގައި ކުރި އަނިޔާތަކަށް، އަދިވެސް އިންސާފު ލިބިފައި ނުވާ ކަމަށާއި، ރައީސް ވަހީދުގެ ވެރިކަމުގައި ރައްޔިތުންނަށް ޖިސްމާނީގޮތުން ކުރި އަނިޔާތަކުގެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.

"މިދިޔަ އިންތިހާބުގައި ވީ ވައުދެއް އެެއީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހުން ފެށިގެން ރައްޔިތުންނަށް ލިބިފައި ހުރި ގިނަގުނަ އަނިޔާތައް ބަލައި އިންސާފު ގާއިމު ކޮށްދޭނަމޭ. އަޅުގަނޑު މި މައްސަލަ ލީ އެގޮތުން އަޅުގަނޑުމެން ވީ ވައުދެއް މީ،" ވައްޑޭ ވިދާޅުވިއެވެ.

ވައްޑޭ ވިދާޅުވީ ކުރީގެ ރައީސް ވަހީދު އޭނާއަށް ހަމަލާދިން ކަމަށް ބުނެ ބުހުތާނު ދޮގުހަދައި އާންމު ރައްޔިތަކަށް ބިރުދައްކައި އަނިޔާ ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އަނގަބަހުން މީހަކު ބުނި އެއްޗަކާ ގުޅިގެން ދޮގާ މަކަރު ހަދައި ބާރާއި ނުފޫޒުން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ވަގަކާ ދިމާލަށް ގޮވާނީ ވަގެކޭ ކަމަށާއި، ބާޣީއަކަށް ގޮވާނީ ބާޣީއެކޭ ކަމަށެވެ. އަދި ރައީސް ވަޙީދަށް އަނގަބަހުން ރައްދެއްދިން ޖައުފަރުގެ މައްސަލަ ފުލުހުން ބަލާނަމަ، ޖައުފަރަށް ރައީސް ވަހީދުގެ ވެރިކަމުގައި ލިބުނު އަނިޔާގެ މައްސަލަ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކޯނީ ރިޕޯޓުގައި ހުރި ކަންތައްތައް ބަލަން ޖެހޭ ކަމަށާއި، އެ މަސައްކަތް ލަސްނުކޮށް ސަރުކާރާއި، މަޖިލީހުން ފަށަންޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން