ރައީސް ވަހީދަކީ ވޯޓެއް ލިބިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި، ވެރިކަންވެސް ލިބުނީ ބަޣާވާތްކޮށްގެން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަހީދު ދޮގު ހެއްދެވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ހަސަންޓޭ ވިދާޅުވީ، ރައީސް ވަހީދަކީ ވޯޓެއް ލިބިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނަށް އޮފީހާއި އިނާޔަތް ލިބިވަޑައިގަތުމަކީ މެމްބަރުން ކުށްވެރިވާނެ ކަމެއް ކަމަށެވެ. އެހެންވެ، އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ހަސަންޓޭ ވިދާޅުވީ، މީހަކު ބޭނުންކޮށްލި ލަފްޒަކުން "ތިމަންނަ އަށް ހަމަލާދިން" ކަމަށް ވިދާޅުވެ، ވަހީދު ޓުވީޓު ކުރެއްވުމަށް ފަހު ފަހުން ރާގު ބަދަލުކޮށް ފުރައްސާރަ ކުރީކަމަށް ބުނެ ދޮގުހަދާފައިވާތީ ކުރީގެ ރައީސް ވަހީދު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ މުސްތަގުބަލް ނަގާލަން މަސައްކަތް ކުރާތީ. އަނެއްކާ އެ ދުވަސް ގެންނަން އޭނާ މަސައްކަތް ކުރަނީ. އެހެންވީމަ އެކަންކަމުން ގައުމު ސަލާމަތް ކުރަން ޖެހޭ. މުއައްސަސާތަކުން އެކަން ބަލަން ޖެހޭނެ. ހަމަ ސީދާ އެހުރީ ބަޣާވާތް ކުރަން ނުކުމެ، ފަތިސް ދަޅައިގައި މީހަކު ބަހެއް ބުނީމަ އެކަން އަނެއްކާ ވެސް އޭތިކޮށްގެން ގައުމުގެ ސުލްހަމަސްލަސްކަން ނަގާލަން މިއުޅެނީ،" ހަސަންޓޭ ވިދާޅުވިއެވެ.
އަދި ވަހީދަށް ދިން ހަމަލާ ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ކުށްވެރި ކުރި މައްސަލައިގައި ހަސަންޓޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި އަނިޔާތަކުން އެ ޕާޓީތަކުގެ ވެރިން ސަލާމަތް ކުރީ އެމްޑީޕީގެ މެމްބަރުން ކަމަށެވެ. އެހެންވެ، އެބޭފުޅުން އެމްޑީޕީގެ މެމްބަރަކާ ދިމާލަށް އެއްޗެކޭ ވިދާޅުވާ އިރު، ލަދު ހަޔާތެއް ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރު ވަނީ ފެބްރުއަރީ 7، 2012 ގައި ހިނގައި ދިޔަ ކަންކަން މަޖިލީހުން ބެލުމަށް ވެސް ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު