ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ދަޢުލަތުން މުޢިއްޒުގެ މައްޗަށް އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ޤާޟީ ސޮފްވަތު ހަބީބު ވަނީ މުޢިއްޒަށް ދިފާޢީ ހެކިން ހުށައެޅުމަށް 10 ދުވަސް ދީފައެވެ.
މިމައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ، ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއެއްގެ ގޮތުގައި ހެކިދެއްވާފައި ވަނީ ޑރ. މުއިއްޒު ކަމަށެވެ.
މިދަޢުވާއަށް މުޢިއްޒު އިންކާރު ކުރަށްވާފައިވާއިރު މި މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ ވަނީ މުޢިއްޒުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށައެޅި ގިނަ ހުށައެޅުންތައް ބަލައި ނުގަތުމަށްވެސް ނިންމަވާފައެވެ.
އެގޮތުން ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ނަގަން ބަލާއިރު، ޙާދިސާ ހިނގިތަން ނުވަތަ ކުށް ކުރިތަން އެނގެން ޖެހޭކަމަށާއި ނަމަވެސް ދަޢުވާގައި އެކަން ސާފުކޮށް ބަޔާން ކޮށްދީފައިނުވާކަމަށް މުޢިއްޒުގެ ވަކީލުން ވިދާޅުވި ނަމަވެސް ދައުވާގައި އޭނާއާމެދު ބޭއިންސާފުވާފަދަ ހާލަތެއް، ނެތްކަމަށް ޤާޟީ ނިންމަވާފައިވެއެވެ.
އޭގެ އިތުރުން މައްސަލާގައި ދަޢުލަތުން ހުށައަޅާފައިވާ ބައެއް ޝަފަހީ ހެކިތަށް ބަލައި ނުގަތުމަށްވެސް މުޢިއްޒުގެ ފަރާތުން ހުށައެޅުއްވިއެވެ. ދަޢުލަތުން 5 ޝަފަހީ ހެކިން ހުށައަޅާފައިވާއިރު، އޭގެ ތެރެއިން 3 މީހުންގެ ހެކިބަސް ބަލައިނުގަތުމަށް މުއިއްޒުގެ ވަކީލު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެ ހެކިންގެ ހެކިބަސް ބަލައިގަންނަން ނުޖެހޭފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ދެއްކިފައިނުވާކަމަށް ޤާޟީ ނިންމެވިއެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަ ކަމަށާއި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.
ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނޫމަޑީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި ނަމަވެސް ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދީ މައްސަލަ ހައްލުކޮށްފައެވެ.
މިމައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ޤާޟީ ސަފްއަތު ހަބީބެވެ.

ކިޔުންތެރިންގެ ހިޔާލު