ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންނަށް ހަމަލާދިން މައްސަލާގައި އިތުރު 6 މީހުން ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގައި މަސައްކަތްކުރާ ފުލުހުންތަކަކަށް މަގުމަތިން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 10 އަށް އަރާފައި ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ އެ މައްސަލައާ ގުޅިގެން އިތުރު 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި އިތުރު މީހަކު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުހުންނަށް ހަމަލާދީފައިވަނީ ހެންވޭރުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ ބަޔަކު ކަމަށެވެ. އަދި އެ މައްސަލާގައި ޝާމިލުވާ އެންމެން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ސީޕީ ޙަމީދު ވަނީ ދެއްވާފައެވެ.

ސީޕީ ވިދާޅުވީ އެކަމާގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ފުލުހުންގެ އޮފިސަރުންނަށް ކުރާ އަނިޔާތައް ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން