އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގައި ހިންގާ މަޝްރޫތަކަށް ރައީސް ނަޝީދު ތައުރީފު ކުރައްވައިފިއެވެ.
އައްޑޫ ސިޓީގައި ހުންނަވައި އެމަނިކުފާނު މިއަދު ޓްވިޓާގައި ވިދާޅުވީ، އައްޑޫ ސިޓީގައި ހޭދަވި ދެ ދުވަހުގެ ތެރޭގައި، އެ ސިޓީގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިޔަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ބައްލަވާލައްވާފައިވާ ކަމަށެވެ.
އެގޮތުން، ޑްރަގްސް ޑިޓޮކްސް ސެންޓަރާއި، ގޭދޮށު މަސްފެކްޓްރީ އަދި ގެސްޓްހައުސް ޓޫރިޒަމް ޒޯނަށް ވަޑައިގަންނަވާފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް ރަނގަޅު ފައިދާތަކެއް ލިބެމުން ދާކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބިލިއަން ޑޮލަރުން ދަރާ ބޮޑެތި މަޝްރޫއުތަކަށްވުރެ އެފަދަ ކުދި މަޝްރޫއުތައް މާބޮޑަށްވެސް ރަނގަޅު ކަމަށެވެ.
މޫސުމާބެހޭ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އައްޑޫ ސިޓީއަށް ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނު ގެންދަވަނީ އެ ސިޓީގެ ރައްޔިތުންނާއެކު އެކި ބައްދަލުވުންތައް ބާއްވަވަމުންނެވެ. އަދި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިސްކަން ދޭންޖެހިފައިވާ ކަމަށް އެފަދަ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Past 2 days in Addu I visited small grant projects funded by 🇮🇳: drugs detox centre, village fish plant, guesthouse tourism zone. They have a big +ve impact on local communities. Much better than mega-projects that plunge us billions of $ into debt 🙏🏾@DrSJaishankar @narendramodi pic.twitter.com/LLmsJE50S7
— Mohamed Nasheed (@MohamedNasheed) September 17, 2022
މޫސުމާބެހޭ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް އައްޑޫ ސިޓީއަށް ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނު ގެންދަވަނީ އެ ސިޓީގެ ރައްޔިތުންނާއެކު އެކި ބައްދަލުވުންތައް ބާއްވަވަމުންނެވެ. އަދި ސަރުކާރުން އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިސްކަން ދޭންޖެހިފައިވާ ކަމަށް އެފަދަ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު