ޖަޕާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ހާސް ބަޔަކު މަގުމަތިވެ ހާލުގައިޖެހިއްޖެއެވެ.
އާދީއްތަ ދުވަހު އެރި މިތޫފާނާއެކު، ވައިގަދަވެ، ބޯކޮށް ވާރޭވެހި، އެ ސަރަހައްދުގައި ކަރަންޓް ކެނޑި، ދަތުރުފަތުރުތަކަށްވެސް ހުރަސްއެޅިފައިވާކަމަށް ވެއެވެ. އެގޮތުން ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ މިއަދުވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއިއެކު ބިންގަނޑު ކަނޑައިގެންދާނެ ކަމުގެ އިންޒާރު ދީފައެވެ.
ތޫފާން ނަންމަޑޯލްގެ ސަބަބުން މޫސުން ގޯސްވެ ކުރިމަތިވަމުންދާ ކާރިސާތަކުން ސަލާމަތްވުމަށް 12،000 އަށްވުރެއް ގިނަމީހުން މިހާރު ވަނީ އަމިއްލަ ގެދޮރު ދޫކޮށް އެމަރޖެންޒީ އިވެކުއޭޝަން ސެންޓަރުތަކުގެ ހިޔާވަހިކަން ހޯދާފައެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނީ ޖަޕާނުގެ ދެކުނުގެ ސަރަހައްދުތަކަށްފަހު ތޫފާން ނަންމަޑޯލް މިހާރު އުތުރުގެ ސަރަހައްދުކަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި މިތޫފާނުގެ އަސަރު، އަންގާރަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިއޯއަށް ކުރާނެކަމަށްވެސް ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު