ޖާސޫސްކުރަން އުޅުމުގެ ތުހުމަތުގައި އެއަރޕޯޓުން ހައްޔަރުކުރި މީހުންގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖާސޫސް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އޯގަސްމަހުގެ 29 ވަނަ ދުވަހު ފުލުހުން ހައްޔަރު ކޮށްފައިވާ މީހުންނަކީ އެއަރޕޯޓުގައި ސްޕައިކެމެރާތަކެއް ބަހައްޓައިގެން ވީޑިއޯކޮށް ޖާސޫސް ކުރަމުން ދާކަމަށް ފާހަގަ ކުރެވުނު ދެ މީހުންނެވެ. އެ ދެ މީހުން ބަންދުގައި ބަހައްޓަން ބޭނުންވެ ކުރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދިނެވެ.
އެ ދެބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރުމަށް މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ. ނަމަވެސް ސަޢީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.
މައްސަލަ ހުށައަޅުއްވަމުން ސަޢީދު ވިދާޅުވީ އެހާދިސާ ހިނގުމުން އިންޑިއާގެ އޮފިޝަލެއް ރާއްޖެ އައިސް އެ ދެ މީހުން ދޫކޮށްލަން އެދިފައިވާ ކަމަށެވެ. އަދި އޭގެފަހުން ފުލުހުން ހާދިސާގެ ރިޕޯޓު ބަދަލުކޮށްފައިވާ ކަމަށް ސައީދު ތުހުމަތުކުރެއްވިއެވެ. ސައީދު ވިދާޅުވީ އެ މީހުން ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ލައިވްކުރިކަމުގެ ހެކި ފުލުހުން ކޯޓަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެމްބަރެކެވެ. އަދި 34 މެމްބަރުންގެ ވޯޓުން މައްސަލަވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު