ޗައިނާއިން މާލެ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަދިޔާކޮށްފިއެވެ.
މާލޭސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވަންގ ލިޒިން އެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވަންގ ލިޒިން ވިދާޅުވީ ރާއްޖެއާއި ޗައިނާ އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށާއި، ޗައިނާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ޗައިނާއިން މި ފޯރުކޮށްދިން ހަދިޔާގެ ސަބަބުން މާލޭގެ މަގު ބައްތިތައް ޒަމާނަށް ފެތޭ ލެޑުލައިޓްތަކަކަށް ބަދަލުކުރެވިގެންދާނެކަމަށެވެ. އަދި ޗައިނާއަކީ ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާ ތަރައްގީގެ ބައިވެރިޔާކަން ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ޗައިނާގެ ގުޅުމަށް މިއަހަރު 50 އަހަރު ފުރޭއިރު ޗައިނާގެ އެހީގައި ރާއްޖޭގައި ބޮޑެތި ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުން އެބަދެއެވެ. އެގައުމުން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު