ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް އދގެ އިންޓަރނެޝަނަލް އެސޯސިއޭޝަން އޮފް ޕާރމަނަންޓު ރެޕްރަޒެންޓޭޓިވްސް އައި.އޭ.ޕީ.އާރުއިން، އެ އެސޯސިއޭޝަންގެ އޮނަރަރީ މެންބަރުކަން އަރުވައިފިއެވެ.

އަބްދުﷲ ޝާހިދަށް އައި.އޭ.ޕީ.އާރުގެ އޮނަރަރީ މެންބަރުކަން އަރުވާފައި ވަނީ ޚާރިޖީ ދާއިރާއަށް އެމަނިކުފާނު ކޮށްދެވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޝާހިދަށް މި ޝަރަފް އެރުވީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތަކަށާއި، ޚާއްޞަކޮށް ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކާއި، ރާއްޖެއާއި އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވައި، އދއަށް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުންކަމަށް އައިއޭޕީއާރުއިން ބުނެއެވެ.



އައި.އޭ.ޕީ.އާރުގެ ރައީސް، އަދި ނަމީބިޔާއިން އދ.އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު، ނެވިލް މެލްވިން ގާރޓުޒޭ ވިދާޅުވީ، މިނިސްޓަރ ޝާހިދު، އދ.އަށާއި އަމިއްލަ ވަޒަނަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއްކަމަށެވެ. އަދި މިނިސްޓަރ ޝާހިދު ކޮށްދެއްވި މުހިންމު މަސައްކަތްޕުޅުތައް ވަޒަންކުރުމުގެ ގޮތުން، އައި.އޭ.ޕީ.އާރުއިން އޮނަރަރީ މެންބަރުކަމާއި މިޝަރަފުގެ އައްޑަނަ އެރުވީކަމަށް ނެވިލް މެލްވިން ގާރޓުޒޭ ވިދާޅުވިއެވެ.

އދގެ އިންޓަރނެޝަނަލް އެސޯސިއޭޝަން އޮފް ޕާރމަނަންޓު ރެޕްރަޒެންޓޭޓިވްސް (އައި.އޭ.ޕީ.އާރު) އަކީ 1988 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ އެސޯސިއޭޝަނެކެވެ.

އައި.އޭ.ޕީ.އާރުގެ އޮނަރަރީ މެންބަރުކަމުގެ އިތުރުން މިނިސްޓަރ ޝާހިދު ރާއްޖެއާއި އދ.އަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވާ ބައެއް ޤައުމުތަކުން ވަނީ އެޤައުމުތަކުގެ އެންމެ މަތީ އިއްޒަތްވެސް މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން