ފުލުހުންނަށް ފިސްތޯލަ ދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިއަދުވަނީ ކުށްކުރާ ގޭންގުތަކުން ފުލުހުންނަށް އިންޒާރުދީ، ހަމަލާދެމުން ގެންދާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ކުރާކަމަށް ބުނެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ.
މައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި 38 މެމްބަރުންގެ އިއްތިފާގުން ވަނީ މިމައްސަލަ ބަލައިގަނެ ބަހުސްކުރަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ.
މި މައްސަލަ ހުށައަޅުއްވަމުން ޖާބިރު ވިދާޅުވެފައިވަނީ ޑްރަގް އެންފޯސްމަންޓްގެ ތިން ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައަކީ ގޭންގުތަކުން ރާވައިގެން ފުލުހުންނަށް ދެމުން އަންނަ ހަމަލާތަކަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި މިއީ ގޭންގުތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތަކަށް އަދަބެއް ނުލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާތީ ހިންގާ ޢަމަލުތަކެއްކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ.
މައްސަލައިގެ ބަހުސްގައި ޖާބިރު ވިދާޅުވީ މި ރާއްޖެ ހަމައަކަށް އެޅުމަށްޓަކައި ދިވެހި ފުލުހުންނަށް ތަހުޒީބުކޮށް ޓްރެއިނިން ދިނުމަށްފަހު ފިސްތޯލަ ދޭންޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ މީހުންގެ ގަޔަށް ބަޑި ޖެހުމުގެ ބާރު ދޭންޖެހޭ ކަމަށް ޑީއާރުޕީގެ ލީޑަރު ޖާބިރު މިއަދުގެ މަޖިލީހުގެ ބަހުސްގައި ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދު ކުރަނީ، މިރާއްޖެ ހަމަމަގަށް އެޅުވުމުގައި، ދިވެހިރާއްޖޭގެ ފުލުހުންނަށް މިހިނދުން މިހިނދަށް، ވަގުތު ސަލާމަތްކުރުމަށްޓަކައި ތަހުޒީބުކޮށް ޓްރެއިންކޮށްފައި ފިސްތޯލަ ދިނުން." މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވިއެވެ.
ފުލުހުންގެ ތެރޭގައި ނުރަނގަޅު އަމަލުތައް ހިންގާ ފުލުހުންވެސް އުޅޭކަން ފާހަގަކުރަށްވަމުން ޖާބިރު ވިދާޅުވީ ސިޔާސީ ސަބަބުތަކަށްޓަކައި ފުލުހުންގެ މުއައްސަސާ ބޭނުންކުރުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެމުއައްސަސާއަށް ގެއްލިފައިވާކަމަށެވެ.
އެހެންނަމަވެސް ފުލުހުންނަށް ޙަމަލާދިނުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މިފަދަ އަމަލުތައް ރިޕީޓްވާން ދޫކޮށްލާނަމަ ދެން މިރާއްޖޭގައި އާންމު ރައްޔިތަކަށް އޮތީ ކޮން ރައްކާތެރިކަމެއްތޯ ސުވާލުއުފެދޭކަމަށްވެސް ޖާބިރު މިއަދު ވިދާޅުވިއެވެ.
"ފުލުހުންނާ ކާރިނުވާތި، ނަމަނަމަ އިއްލާ ހުސިޔާރު. ސިފައިންނާ ކާރިނުވާތި، ނަމަނަމަ އިއްލާ ހުސިޔާރު." ޖާބިރު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު