ޅ. އޮޅުވެލިފުށީގައި ފެނަކަ އިން ތަރައްގީކުރި އައު އިންޖީނުގޭގެ މަސައްކަތް ނިންމައި އެ އިންޖީނުގެއިން ރަށަށް ކަރަންޓް ދޭން ފަށައިފިއެވެ.

ފެނަކައިން މިއަދު ބުނީ އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، އިއްޔެ 14:24 އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށައިފައިވާ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ރައީސް ޞާލިޙްގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތަކީ މީހުން ދިރިއުޅޭ ގެތައް ކައިރީ ހިންގަމުންދިޔަ އިންޖީނުގެތައް ބަންދުކޮށް ޒަމާނީ ވަސީލަތްތަކާއެކު އާ އިންޖީނުގެތަކެއް ބިނާ ކުރުމެވެ.

ފެނަކައިން މީގެ ކުރިން ބުނެފައިވަނީ، އަލަށް އިމާރާތް ކުރަމުންދާ އިންޖީނުގެތަކަށް ބަދަލުވެވުމުން ކަރަންޓު ދިނުމަށް ކުރަންޖެހޭ އެކި މަސައްކަތްތައް ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް މަދުވެގެން ދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން