ލ. ފޮނަދޫގައި ފައިބަރ ނެޓްވޯކެއް ގާއިމް ކުރުމަށް ފަންބޮނޑި މޯލްޑިވްސް އަށް މަގު ކޮނުމުގެ ހުއްދަ ތަފާތު ކުރުމެއްނެތި ދިނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމުން ވެސް ހުއްދަ ނުދޭން ފޮނަދޫ ކައުންސިލުން ނިންމައިފި އެވެ.

ޕީޕީއެމަށް ނިސްބަތްވާ ފޮނަދޫ ކައުންސިލް ރައީސް އަހުމަދު ރިޔާޒު ސޮއިކޮށް ފަންބޮނޑި އަށް ފޮނަދޫ ކައުންސިލުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެކުންފުނިން އެދިފައިވާ މަގު ކޮނުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

ފަންބޮނޑި މޯލްޑިވްސްއިން މަގު ކޮނުމުގެ ހުއްދައަށް އެދުމުން، ފޮނަދޫ ކައުންސިލުން ހުއްދަ ނުދިނުމުން މިމައްސަލަ އެލްޖީއޭއަށް އެކުންފުނިން ހުށަހެޅުމުން އެލްޖީއޭއިން މައްސަލަ ތަހްގީގް ކުރުމަށްފަހު ބުނެފައި ވަނީ ތަފާތު ކުރުމެއް އިހްމާލްވުމެއް ނެތި ފަންބޮނޑި މޯލްޑިވްސްއަށް ހުއްދަ ދިނުމަށެވެ. އެހެންނަމަވެސް މިއަދު ފޮނަދޫ ކައުންސިލުން ވަނީ މަގު ކޮނުމުގެ ހުއްދަ ދެވެން ނެތް ކަމަށް ފަންބޮނޑިއަށް އަނެއްކާ ވެސް އަންގާފަ އެވެ.

ފޮނަދޫ ކައުންސިލުން މަގާމްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ މިހާރު ދަނީ އޭސީސީއިން ވެސް ތަހްގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން