އަންނަމަހުގެ 6 ވަަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވައި، ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޓެސްޓް ފްލައިޓް ޖެއްސިޔަސް މިހާތަނަށް އައިރުވެސް މަތިންދާ ބޯޓު ޖައްސަން ފަށާފައެއް ނުވެއެވެ. ނަމަވެސް ޓެކްސީ ވޭއެއްގެ ގޮތުގައި ރަންވޭ މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ އަންނަމަހުގެ 6 ވަނަ ދުވަހު ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. އެރަންވޭގެ ދިގު މިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާމިނުގައި 65 މީޓަރު ހުރެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލް އަޅަން ހަވާލުކޮށްފައި ވަނީ ސައޫދީ ބިންލާދިން ކުންފުންޏާއެވެ. އައު ރަންވޭއަކީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްަސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.
މި ހަފްތާގެކުރީކޮޅު ވަނީ އައު ރަންވޭގައި އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ވެސް ހަރުކޮށްފައެވެ. އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) އަކީ މޫސުމީ ޙާލަތަށް ބަލައި، މަތިންދާބޯޓުތައް ރަންވޭގައި ޖައްސަން ޕައިލެޓުންނަށް އެހީތެރިވެދިނުމަށް ބޭނުންކުރާ ނެވިގޭޝަން ސިސްޓަމެކެވެ. މިސިސްޓަމް ހަރުކޮށްފައި މިވަނީ ސިސްޓަމް ޓެސްޓުކުރުމަށް ފަހުގައެވެ.
ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑް.އެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ޖެއްސޭނެހެން ފަރުމާކޮށްފައިވާ ރަންވޭއެކެވެ.
އައު ރަންވޭ ބޭނުންކުރަން ފެށުމާއި އެކު އަންނަމަހުގެ 6 ވަނަ ދުވަހު ސީ ޕްލޭން ޓަރމިނަލްވެސް ރަސްމީކޮށް ބޭނުންކުރަން ފަށާނެއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، 4 ފަންގިފިލާގެ އައު ސީ ޕްލޭން ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ، ރިސެޕްޝަން އޭރިއާގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު