ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީގައި ބާއްވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ އައްޑޫ ސިޓީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ހާޝިމެވެ.

ފުލުހުންނަށް ހުވާ ލައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމާއި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ރަޝީދާ އާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ރަޝީދު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޞަބާހް ބައިވެރިވެލެއްވިއެވެ.

އެ ރަސްމިއްޔާތުގައި، 23 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުން އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ދެ ފިރިހެން ފުލުހުން ހުވާކޮށް ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން