4 ރަށެއްގެ ބައި-އިލެކްޝަން ފެށިގެން ކުރިޔަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ، އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން މިއަދު ކުރިއަށް ދާކަމަށެވެ.
މި 4 ބައި-އިލެކްޝަނުގައި މިއަދު މެންދުރު 12:00 އާ ހަމައަށް ޖުމްލަ 898 މީހަކު ވަނީ ވޯޓު ލާފައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 3814 މީހަކަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު