މިނިމަމް ވޭޖް ދެވޭނީ ރާއްޖޭގެ އިޤުތިޞާދީ ހާލަތު މިއަހަރުގެ ޖަނަވަރީ މަހު އޮތް ހާލަތުގައި އޮވެގެން ކަމަށާއި އެހާލަތަށް ދެވޭނީ 2022 ވަނަ އަހަރުގައި ކަމަށް ފިނޭންސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ވަޒީރުވެސް ތާއިދު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވެން އޮތީ މި އަހަރުގެ ޖެނުއަރީގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވުނު ދުވަހަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީގައި އޮތް ހިސާބަށް ރާއްޖޭގެ އިގްތިސާދަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި މިވަގުތު ބިދޭސީންނަށް ފައިސާ ދިނުމަކީ ރާއްޖެއިން ގިނަ އަދަދެއްގެ ފައިސާ ބޭރުވެގެންދާނެ ކަމެއް ކަމަށާއި އެކަމަށް 270 މިލިއަން ޑޮލަރު ބޭނުންވާއިރު މިހާރުވެސް ރާއްޖޭގެ ޔޫސަބަލް ރިޒާވްގައި އެ އަދަދު ހަމަނުވާނެ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ތަންފީޒު ކުރުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުުރުމަށް ޕޭ ކޮމިޝަނުން ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން މިނިމަމް ވޭޖް އެގޮތަށް ކަނޑައަޅައިފިނަމަ ރާއްޖެއިން ބޭރުވެގެން ދާ ބޭރު ފައިސާ އަނެއްކާ ވެސް އިތުރުވެގެން ދާނެ ކަމަށާއި 6400 ރުފިޔާގެ މިންގަނޑުން މިނިމަމް ވޭޖް ދީފި ނަމަ 270.8 މިލިއަން ޔޫއެސް ޑޮލަރު ރާއްޖެއިން ބޭރުވެގެން ދާނެކަމަށް ސާވޭއިން ދައްކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިވަގުތު ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400 އަށް ވުރެން ދަށުން ލިބޭ މުވައްޒަފުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ދައުލަތުން މުސާރައާ ޕެންޝަނަށް ހިނގާނެ ހަރަދު ގާތްގަޑަކަށް 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދާނެ ކަމަށް މުސާރައިގެ ބަދަލައް އަންނާނެ ތަފާތުގެ އެސްޓިމޭޓުން އަޅުގަނޑުމެނަށް ދައްކާ،" މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުތަނުން ދަށް ވެފައިވާ ކަމަށާއި މި އަހަރަށް އެންމެ ފުރަތަމަ އަންދާޒާ ކުރީ 29.9 ބިލިއަން ރުފިޔާ ހިލޭ އެހީއާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ކަމަށެވެ.
ހިލޭ އެހީއާ އާމްދަނީގެ ގޮތުގައި މިހާރު އަންދާޒާ ކުރެވެނީ، 15 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަން މިނިސްޓަރު އަމީރު ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ ކިހާ އަދަދެއް ކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ. މިއަހަރު ފެށުނު އިރު ދައުލަތުގެ ރިޒާވް ހުރީ، 311.3 މިލިއަން ޑޮލަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު