ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދު ﷲ ރިޔާޒް
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދު ﷲ ރިޔާޒް
ފުލުހުން އަޅާނެ ޔުނީފޯމާ ގެންގުޅޭނެ އާލަތްތައް ކަނޑައެޅޭނީ ވެރިކަން ހިންގާ ފަރާތަށް ނުވަތަ ރައީސުލްޖުމުހޫރިއްޔާ އަށް ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދު ﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ފުލުހުންގެ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޔުނިފޯމު ބަދަލުކޮށް ކާކީ ކުލައިގެ ސޯޓުބުރިއަކާއި ދިގު އިސްޓާކީނު ލައްވައި ދަނޑިބުރިއެއް ދީފައި ފުލުހުން މަގުމައްޗަށް ނެރުމަށް މަޖިލިހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު (ބޯދިގު) ވަނީ ގޮވާލައްވާފައެވެ. 

އެކަމާ ގުޅޭ ޚަބަރެއް ޓުވީޓާގައި ހިއްސާކުރަައްވަމުން ޖުމުހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަބުދު ﷲ ރިޔާޒް ވިދާޅުވީ، ފުލުހުން ރިފޯމް ކުރުމުގެ ނަމުގައި ވެރިކަން ހިންގާ ފަރާތަށް ލިބިދޭ ބާރުތައް މަޖިލީހަށް ނެގުމަކީ އޭނާ ތާއިދު ކުރައްވާ ކަމެއް ނޫންކަމަށެވެ.

"ފުލުހުން އަޅާ ޔުނީފޯމާއި ގެންގުޅޭނެ އާލަތްތައް ކަނޑައެޅުމަކީ ވެރިކަން ހިންގާ ފަރާތަށް އޮންނަންވާނެ ބާރެއް ކަމަށް ދެކެން." ފުލުހުންގެ އިދާރާގައި ގިނަ ދުވަސްތަކެއްގައި ޚިދުމަތްކުރައްވާފައިވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބުދު ﷲ ރިޔާޒް ވިދާޅުވިއެވެ.

ފުލުހުންގެ ބިލާ ބެހޭގޮތުން މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ދެއްކި ވާހަކައަށް ފިނިރަށްދެއް ދެއްވައި އަބްދުﷲ ރިޔާޒު މަފަހުން ޓްވީޓެއް ކުރެއްވި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ފުލުހުންނާއި ފުލުހުންގެ މުއައްސަސާއަށް މަލާމާތާއި ހުތުރު ބަސްތައް ރަށްދުކޮށް އަނިޔާވެރި ކުއްތާތަކެއްގެ ގޮތުގައި ފުލުހުން ސިފަކުރަމުން ދިޔައިރު މަޖިލީހުގެ ތަޅުމުގައި އެމުއައްސަސާއާއި ފުލުހުންގެ ދިފާޢުގައިވެސް ރިޔާޒު ބަހެއް ވިދާޅުވެފައި ނުވާތީ ގިނަ ބަޔަލު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ބޮޑެތި ބަދަލުތަކާއި އެކު ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ބިލް ބަލައިގަނެ މިހާރު ވަނީ މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން