މަޖިލީހުގައި ހިނގި ހަމަނުޖެހުން ތަކަށްފަހު ޕީޕީއެމް/ ޕީއެންސީ މެންބަރުން ޝިޔާމު އަތުލަފިކޮށްގެން ގެންދަނީ
މަޖިލީހުގައި ހިނގި ހަމަނުޖެހުން ތަކަށްފަހު ޕީޕީއެމް/ ޕީއެންސީ މެންބަރުން ޝިޔާމު އަތުލަފިކޮށްގެން ގެންދަނީ
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާވި މައްސަލަ ބެލުމަށް އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ގޮތަށް ސަބް ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ޝިޔާމަށް އަނިޔާވި މައްސަލާގައި ސުލޫކު ކޮމިޓީން ތަހުގީގެއް ކޮށްދިނުމަށް އެދި އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ. އަދި ރައީސް ނަޝީދު ވަނީ އެ ސިޓީ ދިރާސާ ކުރުމަށް މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުވާފައެވެ.

މިކަމާއި ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މައްސަލަ ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލަން ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި އެމްޑީޕީން ހުށަހެޅީ ތިން މެމްބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލުމަށެވެ. އަދި ދަނގެތީ ދާއިރާގެ މެމްބަރު، މުޙައްމަދު ނާޒިމް ހުށަހެޅުއްވީ ހުރިހާ ޕާޓީއެއްގެ މެމްބަރުން ހިމެނިވަޑައިގަންނަވާހެން ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށެވެ.

އެ ކަމުގައި ކޮމިޓީން ފާސްކޮށްފައިވަނީ، އެމްޑީޕީން ހުށަހެޅި ގޮތަށް، ތިން މެމްބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލުމަށެވެ. މި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފުގެ އިތުރުން ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފް އުމަރެވެ.

ޝިޔާމަށް އަނިޔާކުރި މައްސަލަ ބެލުމަށް ނެގި ސަބް ކޮމިޓީގެ ދައުރަކީ މައްސަލަ އާއި ގުޅޭ ބަޔާން ނަގައި ހޯދުންތައް ހޯދުމެވެ. އެ ހޯދުންތަކަށް ބިނާކޮށް މައްސަލައިގައި ގޮތެއް ނިންމާނީ އިމްތިޔާޒް ކޮމިޓީންނެވެ.

ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ބޭއްވި ޖަލްސާއަށް ފަހު، އިދިކޮޅު މެންބަރުން ގެންދަވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ. އެހެންކަމުން އެ މެންބަރުން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ ރޭ މެންދަމު ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަނިޔާ

21-Jun-2020

ކޮންތާކު ގަމާރު ބައެއްމީ. ކޮންފަދަ ތަންދޮރު ނުދަންނަ މޮޔައިންތަކެއްމީ. ތިޔަހެން ވިއްޔާ ފުލުހެއް. ކޯޓެއް. ފަނޑިޔާރެއް މިގައުމަށް ބޭނުމެއް ނުވާނެތާ. ކުއްކުރާމީހާ ތަހުގީގުކޮށް ހުކުމް ކުރަން ޖެހެނީ.


1

ބެބެހުއްތު

18-Jun-2020

.ތިޔަކަންދާނީޗޮކުހުން



ޓްރެންޑިން