ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު، އެމްޑީ އަލަމްގީރުގެ ކޮޓަރީގައި ހުއްޓައި ފެންނަ ވީޑިއޯގެ އެނަލިސިސްއެއް ހަދަން އޭނާގެ ފަރާތުން ޝަރީއަތުގައި މިއަދު އެދިއްޖެއެވެ.
ކާނަލް ނަޝީދުގެ މައްޗަށް ދައުލަތުން ކުރަނީ، އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ. އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ މައްސަލަތަކުގައި މިހާރުވަނީ ހުކުމްވެސް ކޮށްފައެވެ.
މައްސަލާގައި މިއަދު ސިއްރުން ކުރިއަށްގެންދިޔަ އަޑުއެހުމުގައި ނަޝީދު އެދިފައިވަނީ ތިންވަނަ ފަރާތެއްގެ ބައިވެރިވުމާއެކު ވީޑިއޯގެ އެނަލިސިސެއް ހެދުމަށެވެ. އެހެންކަމުން ޝަރީޢަތުންވަނީ ނަޝީދު ހުށައަޅުއްވާ ތިންވަނަ ފަރާތުގެ މަޢުލޫމާތު ކޯޓާ ޙިއްސާކުރުމަށް އެދިފައެވެ. އަދި ދަޢުލަތުން ބުނެފައިވަނީ ކޯޓުން އެކަން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް އިޢުތިރާޒު ނުކުރާކަމަށެވެ. ނަމަވެސް ކޯޓުން ބޭރަށް ވީޑިއޯ ގެންދިއުމަށް ދަޢުލަތުން ވަނީ އިޢުތިރާޒު ކޮށްފައެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި، އަލަމްގީރު 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ. އަލަމްގީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ 3 ދައުވާއަކަށް އިއުތިރާފު ވުމުންނެވެ.
އަލަމްގީރުގެ ތަހުގީގު ބަޔާންތައްވެސް ލީކު ކޮށްލާފައިވާއިރު އެ ބަޔާނުގައި އަލަމްގީރުވަނީ އޭނާ ރާއްޖެއައިސް ފުރަތަމަ ކުރި މަސައްކަތާއި އޭނާ އެއްޖިންސުން ގުޅުން ހިންގަން ފެށިގޮތް ކިޔާދީފައެވެ. އަދި ރާއްޖޭގައި އޭނާ އެކަން ކުރަން ފެށިގޮތާއި، ވީޑިއޯތައް ރެކޯޑުކުރި ގޮތްތައްވެސް އޭނާ ވަނީ ކިޔައިދީފައެވެ. ބަޔާނުގައި އޭނާ ބުނެފައިވަނީ، 45 އާއި 50 އާއި ދެމެދުގެ އަދަދަކަށް އޭނާގެ ފޯނުގައި ވީޑިއޯ ރެކޯޑު ކޮަށްފައި ހުންނާނެކަމަށެވެ. އަދި އެ ވީޑިއޯތައް ލީކުކޮށްފައި އެވަނީ އޭނާގެ ފޯނު ބަޔަކު ވަގަށް ނަގައިގެން ކަމަށްވެސް ބުނެފައިވެއެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ޤާނޫނީވަކީލް ނާޒިމް އަބްދުއްސައްތާރު ގޭބަންދުކުރުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އޭގެ އިތުރުން އެމައްސަލާގައި ހިމެނޭ ފުލުސް އޮފިސަރު 1 އަހަރަށް ޖަލަށް ލުމަށްވެސް ވަނީ ޙުކުމް ކޮށްފައެވެ. ހަމައެއާއެކު އެމައްސަލާގައި ހިމެނޭ ގިނަޢަދަދެއްގެ މީހުންގެ ތަޙުޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ މިހާރުދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު