ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަކަމަށް ނިންމޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން އެގޮތައް ނިންމާފައިވަނީ މިއަދު އެކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަނެއްގައެވެ.
ޗެއިން އޮފް ކަސްޓަޑީ ފޯމަކީ މައްސަލަތަކުގައި ފުލުހުން އެއްކުރާ ހެކި އަތުންއަތަށް ނަޤުލުކުރެވޭ ކޮންމެ މަރުޙަލާއެއްގައި، ހެކީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހެއްކާއި ޙަވާލުވާ ފަރާތުގެ މަޢުލޫމާތާއި ހެކި ނަޤުލުކުރި ތާރީޙުގެ ސިލްސިލާ އެނގޭގޮތަށް ތައްޔާރުކުރާ ފޯމެކެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލުކުރެވިފައިވަނީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާއިމެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ އެތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީއަތަށް ހާޒިރުކުރެވިދާނެ ކަމަށެވެ.
ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި، ސުވާލު އުފެދޭ ކަމަކާއި ގުޅިގެން ޝަރީއަތައް ހާޒިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލުކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭނަމަ، އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާކަމަށް ބަލަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު