ބަލްކް ކެރިއައެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެމީހާ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މޮރިޝަޝްއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ "އެމްވީ ލޭޑީ މިރާފް" ނަމަކަށް ކިޔާ ބަލްކް ކެރިއަރއެއްގައި ހުރި އުމުރުން 27 އަހަރުގެ ފިރިހެން ފަޅުވެރިއެއް ޞިއްޙީ ހާލުދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ އޮކްޓޫބަރު 14 ވަނަ ދުވަހުގެ ހެނދުނު 07:00 ހާއިރު ކަމަށެވެ.
އަދި އެ ބަލްކް ކެރިއަރ، އައްޑު އަތޮޅު ގަމުގެ އުތުރުން ގާތްގަނޑަކަށް ތިން މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ 23:25 ހާއިރު ބަލްކްކެރިއަރ އޮތް ސަރަހައްދަށް ގޮސްފައިކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
އަދި އެބަލިމީހާ ބޯޓުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ރޭ 00:15 ހާއިރު ގެންގޮސްފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު