ޝައިޚް ނިޝާނާއި ޝައިޚް ފަޟުލޫނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާގައި ވަކީލުން ހަމަޖައްސަން 10 ދުވަސް ކޯޓުން މިއަދު ދީފިއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ޖޫން 2022 ދުވަހު ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަޙައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ޝައިޚް ނިޝާނާއި ޝައިޚް ފަޟުލޫނުގެ މައްޗަށް ދަޢުވާކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 02 އޮކްޓޫބަރު 2022 ދުވަހުއެވެ.
އެމައްސަލާގައި ޖުމްލަ 18 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ މައްސަލައިގެ އަޑުއެހުމުގައި ޝައިޚް ނިޝާނާއި ޝައިޚް ފަޟުލޫނު އެދިލެއްވީ ވަކީލަކު ޢައްޔަނުކުރެއްވުމަށް މުހުލަތެއް ދެއްވުމަށެވެ. އެހެންކަމުން މައްސަލަ ބައްލަވާ ޤާޟީ ހުސައިން ފާއިޒު ރަޝާދު ވަނީ ވަކީލުން ޢައްޔަނުކުރުމަށް 10 ދުވަސް ދީފައެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ޝައިޙުންވެސް ވިދާޅުވީ މައްސަލައިގެ ލިޔުންތައް ލިބިފައިވާ ކަމަށެވެ. އަދި ދަޢުލަތުންވެސް ވަނީ އެ ލިޔުންތަކުގެ ތެރޭގައި ހުރި ސީޑީތައް މަސައްކަތްކުރެތޯ ރަނގަޅަށް ޗެކް ކުރުމަށް އެދިލައްވާފައެވެ.
ޔޯގާ ޙަރަކާތަށް ހުރަސްއެޅި މައްސަލާގައި ގިނަ ބައެއްގެ މައްޗަށްވަނީ ދަޢުވާ އުފުލާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާއާ އެކު އިތުރު ހަ މީހަކަށް ކުރެ އެވެ. އެކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ހަތް މީހެއްގެ މައްޗަށް ކުރެ އެވެ. އެކުށުގެ އަދަބަކީ 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކިޔުންތެރިންގެ ހިޔާލު