ޑެންގީ އިޖާބައިގެ ނަމުގައި އެޗްޑީސީން ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެޗްޑީސީން ވަނީ ހުޅުމާލޭގައި ފެން ހެދޭ ގޮތަށް ހުރި ގިނަ އަދަދެއްގެ ތަންތަން ނައްތާލާފައެވެ. މި ޕްރޮގްރާމްގައި ސްކޫލްތަކުގެ ދަރިވަރުންނާއި ސަރުކާރު ކުންފުނި ތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެޗްޑީސީން ބުނީ މިއަދު ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތަކާއި، މަގުތަކުގެ ވަށައިގެން ވާ ސަރަހައްދުގައި ހުރި ތަންތަނުގައި ފެން ހަރުލާގޮތަށް ހުރި ތަންތަން ނައްތާލާފައިވާނެ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ދިޔައީ 9 ޒޯން އަކަށް ބަހާލައިގެނެވެ.

އެޗްޑީސީން ބުނީ މިއަދުގެ ޕްރޮގްރާމްގައި ފައްސަތޭކައެއްހާ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

މަދިރީގެ ޒަރީޢާއިން ފެތުރޭ ޑެންގޫ ހުން ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު އެޗްޑީސީން ވަނީ މިއަންނަ އާދިއްތަ ދުވަހު މުޅި ހުޅުމަލެ ފޮގްކުރުމުގެ ހަރަކާތެއް ހިންގުމަށްވެސް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން