މާލޭގެ ގެސްޓްހައުސެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިމަހުގެ 17 ވަނަ ދުވަހުގެ ދަންވަރު މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓް ހައުސްއެއްގައި ހިންގި މި މާރާމާރީއާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭނާގެ ބަންދު މުރާޖަޢާގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އެ މައްސަލައިގެ ތަހުގީގީ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން