ސަރުކާރުން ޖީއެސްޓީ މަތިކުރާއިރު އިމްޕޯޓް ޑިއުޓީން އުނިކުރުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފިއެވެ.

ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙުތަކާ ގުޅިގެން މިހާރު ކުރިއަށްދާ މުޅިމަޖިލީހުގެ ކޮމިޓީގައި އަސްލަމް ވިދާޅުވީ، އެމްޑީޕީން ޓެކްސްގެ ނިޒާމް ތަޢާރަފްކުރީ ދަޢުލަތުގެ ޢާމްދަނީ ބޮޑުތަނުން އިތުރުކުރުމަށް ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުގައި ރައީސް ނަޝީދުގެ ސަރުކާރުގައި އެމްޑީޕީގެ އެންމެ ބޮޑު ބޭނުމަކަށްވީ އިމްޕޯޓް ޑިއުޓީ ކުޑަކުރުންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިމްޕޯޓް ޑިއުޓީއަކީ ރިގްރެސިވް ޓެކްސެއްގެ ގޮތުގައި ފެންނާތީ އެމްޑީޕީން އޭރު ނިންމީ ގިނަ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ކަމަށެވެ. އަދި އެއީ އޭރު ވެވުނު ވަރަށްބޮޑު ވަޢުދެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ފަހުންއައި ސަރުކާރުތަކުން އެގޮތަށް އުނިކުރި ބައެއް ބާވަތްތަކުން ނަގާ ޓެކްސް އިއާދަކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

"ރިގްރެސިވް ޓެކްސް އަކުން އަޅުގަނޑުމެން ދުރަށް ދަމާ ހިނގާށޭ. އެގޮތުން އޭރު އިމްޕޯޓްޑިއުޓީން އުނިކުރެވުނު ވަރަށްގިނަ ކަންކަން އޭގެ ފަހުންއައި ސަރުކާރުތަކުން އިއާދަކޮށްފައިވަނީ. އަޅުގަނޑު މިހާރުގެ ސަރުކާރަށްވެސް ދަންނަވާލަން ބޭނުންވަނީ ޖީއެސްޓީ މަތިކުރާއިރު އަޅުގަނޑުމެން އިމްޕޯޓް ޑިއުޓީން އުނިކުރެވެންހުރި ދިމަދިމާލުން އުނިކޮށްލާ ރިވިއު ކުރުން މުހިންމު ކަމަށް ދެކެމޭ." އަސްލަމް މިއަދު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޓެކްސްގެ ބިލު ތަޢާރަފް ކުރުމަށް އެމްޑީޕީން 2008 ގައި މަޖިލީހަށް އައީވެސް ތްރީލައިން ގްރީން ވިޕަކާއެކު ކަމަށެވެ. އޭރު މަޖިލީހުގައި އެމްޑީޕީއަކީ މައިނޯރިޓީ ޕާޓީ ކަމަށާއި އެހެންކަމުން އެބިލު ފާސްކުރުމަށް މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި އެކަމުގައި އިސްކޮށް އުޅުއްވީ އޭރު އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅުއްވާފައިވާ ބިލަކީ ދަޢުލަތް ހިންގުމަށްޓަކައި މިވަގުތަށް މުހިންމު ބިލެއް ކަމަށާއި ހަމައެކަނި ބައެއްގެ މުސާރައިން އުނިކޮށްގެން ދަޢުލަތުގެ ޢާމްދަނީ އިތުރުނުވާނެ ކަމަށެވެ. އެގޮތުން މުސާރަ އުނިކޮންފަ ނުކުރާނީ ކޮންބައެއްގެ ޢާމްދަނީންތޯއޭ ވިދާޅުވެ މިއަދުގެ ކޮމިޓީގައި އަސްލަމް ސުވާލު އުފެއްދެވިއެވެ.

އަސްލަމް މިއަދު ވަނީ ރައްޔިތުންގެ ޢާމްދަނީގެ ހަމަހަމަކަން ގެނައުމަށްވެސް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

ކަަލޯސް

26-Oct-2022

މީ މަކަރުވެރިން ގެ ގޮތަކީ އަމިއްލަ ރަށުގެ ހާލަތާއި މެދު ވެސް ނުވިސްނާ މީހެއް މީ



ޓްރެންޑިން