ބައެއް ފަރާތްތަކުން ޤާނޫނާ ޚިލާފަށް ފަތުރުވެރިންނަށް ޕެކޭޖް ވިއްކުމަކީ ކަންބޮޑުވާކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ވިދާޅުވެއްޖެއެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙުތަކާ ގުޅިގެން މިހާރު ކުރިއަށްދާ މުޅިމަޖިލީހުގެ ކޮމިޓީގައި އީސަ ވިދާޅުވީ، ބައެއް ފަރާތްތަކުން ޤާނޫނާ ޚިލާފަށް ފަތުރުވެރިންނަށް ޕެކޭޖް ވިއްކުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އީސަ މިމޭރުމުން ވިދާޅުވެފައިވަނީ ޓީޖީއެސްޓީ ބޮޑުކުރުމުން އިތުރުވާބައި ދައްކަންޖެހެނީ ގެސްޓްހައުސްތައް ހިންގަވާ ބޭފުޅުންގެ އަތުންކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން މިއަދު މަޖިލީހުގެ ކޮމިޓީގައި ހާމަކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެމްޕީ އީސަ މިއަދު ވިދާޅުވީ ފަތުރުވެރިންނަށް ދުރާލާ ވިއްކާ ޕެކޭޖްތަކުގައި ޓެކްސް ހިމެނުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަމަށެވެ. އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ކަންބޮޑުވާ މައިގަނޑު އެއްނުކުތާއަކީ އެއީ ކަމަށާއި، އެހެންކަމުން ޤާނޫނާ ޚިލާފު ކަންތައްތައް ނުކުރެއްވުމަށް އެމްޕީ އީސަ ވަނީ ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
"އެބޭފުޅުން ވިއްކާ ޕްރޮޑަކްޓެއްގެ އަގު ކަނޑައެޅިދާނެ މާދުރަށް ދެއަހަރު ތިންއަހަރު ކުރިޔަށްވެސް. އެކަމަކު ދަޢުލަތުން ހަދާފައި އޮތް ޤާނޫނުން ނަގާ ޓެކްސް އެބޭފުޅުންނަށް 10 އަހަރު ކުރިޔާލާ އަގު ކަނޑައަޅާ ވިއްކޭނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. އެއީ މި މަޖިލީހަށް ކޮންމެ ވަގުތަކު ބަދަލުގެނައުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެއް." އީސަ މިއަދު ވިދާޅުވިއެވެ.
އީސަ ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އެންމެގިނަ އަދަދަކަށް ޒިޔާރަތް ކުރާ ޤައުމުތަކުން ޖީއެސްޓީ ނަގާ ޢަދަދަށްވުރެ ރާއްޖޭގައި ޖީއެސްޓީނަގާ އިންސައްތަ ކުޑަކަމަށެވެ. އެހެންކަމުން ޖީއެސްޓީއަށް ގެންނަ ބަދަލަކުން ފަތުރުވެރިންގެ ޢަދަދަށް ބަދަލެއް އަތުވެދާނެކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް ޢީސަ މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު