ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ތަޙުޤީޤުކުރަމުންދަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ގދ.ހޯނޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގެ މަޢުލޫމާތާއި އެންމެހާ މުޢާމަލާތްތައް ދެން ކުރަމުންދާނީ ނޭޝަނަލް އިންޓެގަރިޓީ ކޮމިޝަނުން ކަމަށެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ ޢަބްދުالله ރަޝީދު ހައްޔަރުކުރުމުގައި ޙަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުން ނުކުރާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ޢަބްދުﷲ ރަޝީދު ނިޔާވީ، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ ހައްޔަރު ކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުން ދިޔަކަމަށާއި އެހެންނަމަވެސް، އެކަމަށް ފުލުހުން އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަމަށް ޢާއިލާއިން ތުހުމަތުކުރެއެވެ.
ޢަބްދުالله ރަޝީދުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާނެކަމަށް ސަރުކާރުންވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު