ދަޢުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ބަޖެޓަކީ މިއަހަރަށް ހުށައެޅުއްވި ބަޖެއްޓަށްވުރެ 4.6 ބިލިއަން ރުފިޔާ ދަރަނި ކުޑަ ބަޖެޓެއްކަމަށް މާލީ ވަޒީރު ހާމަކުރަށްވައިފިއެވެ.
ބަޖެޓްގެ ޢަދަދުތަކަށް ބަލާއިރު، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަރުފިޔާގެ ބަޖެޓާ އަޅާ ބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. މި އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުގެ ދަރަނި 12.6 ބިލިޔަން ރުފިޔާގައި ހުރި ނަމަވެސް އަންނަ އަހަރު އެ އަދަދު އުޅޭނީ 8 ބިލިއަން ރުފިޔާގަ އެވެ.
ދަޢުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަވާ މައިގަނޑު ސަބަބަކީ ޓެކުހަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލެވެ. އެގޮތުން އަންނަ އަހަރު ޖީއެސްޓިގެ ގޮތުގައި 973.3 މިލިޔަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓީޖީއެސްޓީން 2.7 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ.
އަންނަ އަހަރު ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމަށް 5.5 ބިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ. އެއީ ވެސް މި އަހަރު އެކަމަށް ކަނޑައަޅާފައި އޮތް 6 ބިލިއަން ރުފިޔާއަށް ވުރެ 500 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު