ދަޢުލަތުން އަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓުގައި ނަރުދަމާ ސަބްސިޑީގެ ގޮތުގައި 180 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށައަޅުއްވަމުން މާލީ ވަޒީރު އަމީރު ވިދާޅުވީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރެވިގެންދާނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ނަރުދަމާ މަޝްރޫޢު ނިމުމާއެކު ރައްޔިތުންނަށް މާލީ ބުރައެއް ޖެއްސުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށެވެ. އެހެންކަމުން އަންނަ އަހަރު ނަރުދަމާ ސަބްސިޑީގެ ގޮތުގައި 180 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ސަބްސިޑީ ހަމަޖައްސަވަނީ ފެނަކައަށް ކަމަށާއި ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ފެނަކަ އިން ބޮޑު ހޭދައެއް ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރު ކަރަންޓު ސަބްސިޑީގެ ގޮތުގައި 588 މިލިއަން ރުފިޔާ އާއި 788 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާ ކޮށްފައެވެ. އޭގެ އިތުރުން ދަތުރުފަތުރާއި ގުޅުންހުރި ދާއިރާތަކުގެ ސަބްސިޑީއަށް 300.6 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޓާގެޓެޑް ސަބްސިޑީގެ ގޮތުގައި 169 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު