ލ. ގަމު ކޯޓާއި ހުޅުމާލެ ކޯޓުގެ މެޖިސްޓްްރޭޓުންގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖޭއެސްސީން ހާމަކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނީ އެކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން 2020 ފެބްރުއަރީ 02 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަމްޖަދު ޢަބްދުލްޣަނީގެ ސުލޫކީ މައްސަލަ އެކޮމިޝަނުން ބަލާފައިވާ ކަމަށެވެ.
ހަމައެއާއެކު އެކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2020 ފެބްރުއަރީ 23 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަވެސް ބަލާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން ބުނީ އެމައްސަލަތަކުގެ ތަޙްޤީޤު ކުރެވި އެމައްސަލަތައް ސާބިތުނުވާކަމަށް 2022 ނޮވެމްބަރ 01 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 77 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު