އުނގޫފާރު ހޮސްޕިޓަލް
އުނގޫފާރު ހޮސްޕިޓަލް
އިއްޔެ ހަވީރު ރ އުނގޫފާރުގައި ހިނގި ހަމަނުޖެހުމުގައި ކުޑަ ފިރިހެން ކުއްޖަކާއި އަންހެނަކަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާދީފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރ އަތޮޅު ފުޓްސަލް ކަޕްގައި ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރި މެޗްގައި ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ޖިސްމާނީ އަނިޔާވީ 14 އަހަރުގެ ފިރިހެން ކުއްޖަކަށާއި 39 އަހަރުގެ އަންހެނަކަށް ކަމަށެވެ.

މީގެ އިތުރުންވެސް 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ މީހުން ހިމެނޭހެން އިތުރު 14 މީހަކަށް ފަރުވާދީފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ އެމީހުންނަށް ފަރުވާދީފައި ވަނީ ހަމަނުޖެހުމުގެ ސަބަބުން ބިރުގަތުމާއި ބޮލަށް އެނބުރުން އެރުންފަދަ ކަންތައްތައް ދިމާވެގެން ކަމަށެވެ.

ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަަށާއި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން