ވަގު ޑޮލަރުތަކެއް ބޭނުންކޮށްގެން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ސައްޙަނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފޯނެއް ގަންނަން އުޅުނު މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް މިއަދު ޖަހާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ އެ އިދާރާއިން މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން