ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލުން ވަނީ ރައީސް ޔާމީންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައެވެ. މީގެ ކުރިން ވަކީލުންވަނީ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބުގެ ހެކިބަސް ބަލައިނުގަތުމަށްވެސް އެދިފައެވެ.
ރައީސް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވީ ޝަރީޢަތުގެ މަޖިލީހުގައި ނާޒިމް ދައްކާފައިވާ ވާހަކަތަކަކީ އަމިއްލަ ހިޔާލުގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ނާޒިމަކީ ރައީސް ޔާމީނާމެދު އަދާވަތްތެރިކަން އޮތް ހެކިވެރިއެއްކަމަށާއި އެހެންކަމުން ނާޒިމްގެ ހެކިބަހަށް ބުރަދަނެއް ދޭންޖެހޭ ސަބަބެއް ނެތްކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
އާރަށުގެ މައްސަލާގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތް ފެށިގެންއައީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހެދި އެއްބަސްވުމެއްގެ ދަށުން ޑޮލަރު ގަތުމަށް ކަމަށް ބުނެ ފަސް މިލިއަން ޑޮލަރަށްވާ ރުފިޔާ އެމްޕީއެލުން 2014 ވަނަ އަހަރު އަދީބު ނެންގެވި ހިސާބުން ކަމަށެވެ.
ނާޒިމް ވިދާޅުވީ އެމްޕީއެލް މެދުވެރިކޮށް އަދީބު 5 މިލިއަން ޑޮލަރު ނެންގެވިކަން ރައީސް ޔާމީނަށް އެންގެވި ކަމަށާއި އަދި ފަހުން އެމްއެމްޕީއާރުސީން ލިބުނު ފައިސާއިން އަދީބު ގެންދެވީ ކެމްޕޭން ދަރަނިތައް ޚަލާސްކުރަށްވަމުން ކަމަށްވެސް ޔާމީނަށް ދެންނެވި ކަމަށެވެ. އަދި އެކަން އޮޑިޓަރ ޖެނެރަލަށްވެސް އެންގެވިކަމަށް ނާޒިމް ވިދާޅުވިއެވެ.
ވިޔަފާރިވެރިންގެ އަތުން އަދީބު ފައިސާ ނަގާކަން ރައީސް ޔާމީނަށް ދެންނެވުމުން އަދީބު ފައިސާ ނަގަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީ މައްސަލައިގެ މޭސްތިރިއަކީ ރައީސް ޔާމީން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ހެކިބަސްދެމުން ނާޒިމް ވިދާޅުވީ ޔާމީނާމެދު ޢަދާވާތްތެރިކަމެއް އޮންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
"ޢަދާވާތްތެރިކަމެއް އޮންނަންޖެހޭ ނަމަ އަޅުގަނޑަށްވުރެ ބޮޑު ޢަދާވާތްތެރިކަމެއް އޮންނާނެ ބޭފުޅެއް ބެންޗުގަ ވަކީލަކަށް އިންނެވީ. ނައިބުރައީސަކަށް ހުންނަވަނިކޮށް ފޫކޮޅުގަ ސައްޕެއްޖަހާ ބޭރުކޮށްލެއްވީ." ނާޒިމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު