ރައްޔިތުން މަޖިލިސް ކުރާގެ (ރަސް ފޮޓޯ - ޝާހް)
ރައްޔިތުން މަޖިލިސް ކުރާގެ (ރަސް ފޮޓޯ - ޝާހް)
ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ޚިޔާލު ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ، އެ ބިލަށް ޚިޔާލް ހުށަހެޅުމުގެ ފުރުސަތު މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންނާނެ ކަމަށާއި، އެގޮތުން ހުށަހަޅާ ޚިޔާލުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން، ނުވަތަ އެ މަޖިލީހުގެ އީމެއިލް އަށް މެއިލްކޮށްގެން ހުށަހަޅޭނެ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހެޅީ، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާ އެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށައެޅުއްވި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛު ހަސަން ލަތީފް ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ބިލް ގާނޫނަކަށްވުމުގެ ކުރިން ފުޅާ ދާއިރާ އެއްގައި އެބިލާމެދު މަޝްވަރާ ކުރެވި މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށާއި، ފުލުހުންގެ ޚިދުމަތުގެ ބިލަކީ ޝަރަފުވެރި ގަދަރުވެރި އަދި ރައްޔިތުންގެ އިތުބާރާ ލޯބި ލިބޭނެ ފުލުހުންގެ ޚިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

އެ ބިލަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ފުލުހުންގެ މުއައްސަސާއަކީ އަނިޔާވެރިކަމުގެ ސަޤާފަތެއް އަށަގެންފައިވާ އިދާރާއެއްކަމަށް ބުނެ އެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން