ރާއްޖެއިން މިއަދު ރެކޯޑް އަދަދަކަށް މަސް އެކްސްޕޯޓް ކޮށްފައިވާކަމަށް ސްރީލަންކަން އެއާލައިނުން ހާމަކޮށްފިއެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އެވިއޭޝަންގެ ވެރިޔާ މުޙައްމަދު ފިރާޤު ވިދާޅުވީ، މިއަދު ރާއްޖެއިން 8.3 ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވާ ކަމަށެވެ. މިއީ ކޯވިޑް-19އާ ގުޅިގެން އެއަރލައިނުން ފެށި ކާގޯ ފްލައިޓުތަކުގައި ރާއްޖެއިން އެއްދުވަހެއްގެ މަތިން އެންމެ ގިނަ އަދަދަކަށް މަސް އެކްސްޕޯޓްކޮށްފައިވާ ދުވަސްކަން އޭސް އޭވިޝަނުން ފާހަގަކުރެއެވެ.
ފިރާޤު އިތުރަށް ވިދާޅުވީ، މިއަދު 34 ޓަނުގެ މުދާ ރާއްޖެއަށް ގެނެވިފައިވާ ކަމަށާއި، އަދި އަނބުރާ ޤައުމަށްދާން ބޭނުންވެފައިތިބި ސްރީލަންކާގެ 281 މީހަކު މިއަދު ސްރީލަންކަންގެ ފްލައިޓުގައި ރާއްޖެއިން ފުރާފައިވާކަމަށެވެ.
ސްރީލަންކަން އެއަރލައިންސްއިން ދަނީ ހަފްތާއަކު 3 ކާގޯ ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓު ރާއްޖެއަށް އަންނަނީ ސައުތު އެފްރިކާ، ދުބާއީ، ޖިއްދާ އަދި ޗައިނާގެ ބައެއް ހިސާބުތަކުން މުދާ ހިފައިގެންނެވެ.

With this new Normal we are slowly moving on with great effort with our partners today is a RECORD DAY for us we airlifted from Male 8. 3 Tons of Fish thanks for the exporter .
— Mohamed Firaq (@mohamedfiraq) June 21, 2020
Inbound :34 tons of Cargo and Srilankan repatriated 281 passengers to CMB .@fawzie_UL @saminda_perera pic.twitter.com/IXUP1CpPdx
ސްރީލަންކަން އެއަރލައިންސްއިން ދަނީ ހަފްތާއަކު 3 ކާގޯ ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓު ރާއްޖެއަށް އަންނަނީ ސައުތު އެފްރިކާ، ދުބާއީ، ޖިއްދާ އަދި ޗައިނާގެ ބައެއް ހިސާބުތަކުން މުދާ ހިފައިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު