ކުޅުދުއްފުށީގައި ކަތިވަޅި ހިފައިގެން ފިހާރައަކަށް ވަދެ ވައްކަންކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކަތިވަޅިއެއް ހިފައިގެން ކުޅުދުއްފުށީ ފަރިރީތި ހާޑުވެއާ ފިހާރައަށްވަދެ އެފިހާރައިން ހަތަރުހާހެއްހާ ރުފިޔާ ވަގަށް ނަގާފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހު ފަތިހުއެވެ. އެފިހާރައިން ވައްކަންކުރި ސީސީޓީވީ ފޫޓޭޖް މީސްމީޑިއާގައިވަނީ ދަޢުރުވެފައެވެ.

އެ މައްސަލާގައި 25 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކުޅުދުއްފުށީ ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އެމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން