'ވިނަރެސް' ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުން ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފައިވަަކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 'ވިނަރެސް' ހައުސިންގ މަޝްރޫއުން އެޕާރޓްމަންޓް ގަތުމަށް ހުޅުވާލި ފުރުޞަތުގައި 1413 ފަރާތަކުން ފޯމު ހުށައަޅާފައިވެއެވެ.

އެޗްޑީސީން ބުނީ 'ވިނަރެސް' ހައުސިންގ މަޝްރޫއިން އެޕާރޓްމަންޓް ގަތުމަށް ހުޅުވާލި ފުރުޞަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިހާރު އިޢުލާން ކޮށްފައިވާކަމަށާއި، އަދި ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުޞަތު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ޝަކުވާ ހުށައެޅުމާއި މިކަމާއި ގުޅޭ ގޮތުން އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 11 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 23:59 ގެ ކުރިން ހުށައެޅުމަށް އެޗްޑީސީން އެދިފައިވެއެވެ.

އަދި މުއްދަތު ހަމަވުމުގެ ކުރިން އެޗްޑީސީގެ މައިހުޅުމާލެ ހައުސިންގ ޕޯރޓަލް މެދުވެރިކޮށް ހުށައަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށައެޅުމަށް އެކޯޕަރޭޝަނުން އިލްތިމާސްކޮަށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން