އަހުމަދު މަސްނޫމް   30 ނޮވެމްބަރު 2022 - 19:24
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން 100 މިލިއަން ޑޮލަރުގެ ބަޖެޓް ފައިނޭންސްގެ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ޝުކުރު އަދާކުރައްވައިފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ބަޖެޓަރީ ސަޕޯޓެެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާއިރު، މިއީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް، ދިން ބަޖެޓަރީ ސަޕޯޓްއެކެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އިންޑިއާ ސަރުކާރުން އިއްޔެ ފޯރުކޮށްދިން 100 މިލިއަން ޑޮލަރުގެ އެހީތެރިކަމަކީ ދެ ޤައުމުގެ ދޭތެރޭގައި އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއްކަމަށެވެ. އަދި ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އިންޑިއާގެ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދޭކަމަށްޓަކައި އަމްރު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ރާއްޖެއަށް ފޯރުކޮށްދިނުމަށް އެދިފައިވަނީ ރަޢީސް އިބްރާޙީމް މުޙައްމަދު ސާލިޙް އޮގަސްޓް 2022 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މި ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސް.ބީ.އައި އަށް ދޫކުރެވޭ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ. އަދި އިންޑިއާއިން މި އެހީ ދީފައިވަނީ އެއްވެސް ޝަރުތަކާއިނުލާ، ސަރުކާރަށް ފެންނަ ކަންކަމަށް އިސްކަންދީގެން ޤައުމަށް މިވަގުތު ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ޙަރަދުކުރުމަށެވެ. މި ފައިސާގެ އެހީއަށް އިންޑިއާއިން ވަނީ އެސް.ބީ.އައިއަށް ސޮވެރެއިން ގެރެންޓީ ފޯރުކޮށްދީފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން