ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ މާރޗްމަހުގެ ކުރީކޮޅު ބޭއްވުމަށް މަޝްވަރާކުރަމުން ގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިކާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމާއި ގުޅޭގޮތުން އެކޮމިޝަންގެ މެންބަރުންގެ މެދުގައި ނުރަސްމީ މަޝްވަރާތަކެއް މިހާތަނަށް ކުރެވިފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އިންތިޚާބު ބޭއްވުމަށް ކޮމިޝަންގެ މެންބަރުން އިއްތިފާޤުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުރިހާ މެންބަރުންނަށް އިއްތިފާޤުވެވޭ އެއްކަމަކީ އިންތިޚާބު ބާއްވާ ނިންމަންޖެހޭނޭ މިއަންނަ އަހަރުގެ ރޯދަމަސް ކުރިން. ރޯދަަހުގެ ކުރިން ދެވަނަ ބުރުވެސް ނިންމަންޖެހޭނޭ. އޭޕްރީލް މަހުގެ 12އަށް ރޯދަމަސް ފޯލްވާނެކަމަށް ހަނދާންވަނީ. އަދި ވަކި ތާރީޚެއް ކަނޑައެޅީކީއެއް ނޫން އިނގޭތޯ. އަދި އަޅުގަނޑުމެން މަޝްވަރާކޮށް ނިންމީކީ ނޫން. ބޮޑަށް ބުރަވެވެނީ މާރޗުމަހުގެ ތާރީޚެކޭ އަޅުގަނޑުމެންނަށް ކަނޑައެޅޭނީ. މިހާރުގެ ޙާލަތަށްބަލާ އަޅުގަނޑުމެންގެ މަސައްކަތްތައް ރާވަމުންދާގޮތަށް ބަލާއިރު. އެހެންކަމުން މާޗްމަހުގެ ކުރީކޮޅު އިންތިޚާބު ބާއްވަން ވާހަކަދެކެވެމުންމިދަނީ." އިންތިޚާބު ބާއްވާނެ ތާރީޚަކާއި މެދު މަޝްވަރާ ކުރެވެމުންދާކަން ހާމަ ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޤާނޫނުގައި ލާޒިމްކުރާ މުއްދަތުގެ ތެރޭގައި ބާއްވާނެ ތާރީޚެއް ކަނޑައަޅާނެކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ކުރިން އިޢުލާންކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން އިންތިޚާބު ވަނީ ފަސްކޮށްފައެވެ

ކިޔުންތެރިންގެ ހިޔާލު