މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދިއުމަށް ތަރައްޤީކުރާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ފެރީ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެޗްޑީސީން އިޢުލާނު ކޮށްފިއެވެ.
އެޗްޑީސީން އިޢުލާނު ކޮށްފައިވަނީ މާލެއާއި ކުޑަގިރިއާ ދެމެދު ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރުމަށް 4 ފެރީ ދޯނި ހޯދުމަށެވެ.
އެޗްޑީސީން ބުނީ މާލެ އާއި ކުޑަގިރިއާ ދެމެދު ދަތުރު ކުރުމަށް ފަންސާހާއި ހަތްދިހައާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީ އާއި އަށްޑިހައާއި ސަތޭކައާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ ފެރީ ބޭނުންވާ ކަމަށެވެ.
މާލެއިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 6:30 އާއި 6:50 އާއި 7:10ގަ އެވެ. ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 5:20 އާއި 5:40 އަދި 6:00ގަ އެވެ.
ފެރީ ދަތުރުތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި މިމަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ހުށައެޅުމަށް އެޗްޑީސީގެ އިޢުލާނުގައިވެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ކުރިން ހުޅުވަން ނިންމާފައި އޮތީ މިއަހަރުގެ މިނިވަންދުވަހާއި ދިމާކޮށެވެ. ނަމަވެސް އެކަން ފަސްކުރީ އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށްކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ތަރައްޤީކޮށްފައިވަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ވަނީ ހަދާފައެވެ. މިއީ މާލެއިން ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު