އއ.ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި، އެމްއެންޑީއެފުން އެރަށުގައި ޕެރޭޑު ބާއްވައިފިއެވެ.
މިއީ ތޮއްޑޫ ކައުންސިލުގެ އެދިލެއްވުމަކަށް އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އިއްޔެ ހަވީރު އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައްލަވާލައްވާފައެވެ.
އޭގެއިތުރުން އއ.ތޮއްޑޫ ސްކޫލް ދަރިވަރުންނާއި، ތޮއްޑޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ޕެރޭޑު ބައްލަވާލެއްވުމަށް މަގުތަކަށް ނިކުތްކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
އއ.ތޮއްޑޫގައި ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު އއ.އުކުޅަހުގައި ވެސް ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު