އެކައުންޓްގެ ވެރިފަރާތަށް ނޭނގި 180000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރި މީހަކު ހޯދުމަށް ފުލުހުން އިޢުލާނު ކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ ވިޑިއޯއެއް ޢާއްމުކޮށް އެވީޑިއޯއިން ފެންނަ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި 180000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މީހެއްކަމަށް ބުނެފައެވެ.
ފުލުހުން ބުނީ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށާއި ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެކަމުގައި ޢާއްމުންގެ އެހީތެރިކަމަށް އެދޭ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު