ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ އަތުން 10 މިލިއަން ރުފިޔާ ހޯދަން ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފިއެވެ.
އެ ދައުވާ ސިވިލް ކޯޓުގައި ރަޖިސްޓްރީކުރިކަން އަންގައި ސިވިލް ކޯޓުން ރައީސް ނަޝީދަށް ލިޔުން ފޮނުވީ އިއްޔެ އެވެ.
މެމްބަރު ޝަރީފް މީގެކުރިން ކުރެއްވި ޓްވިޓެއްގައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓައިލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫންގެ އިސްތަށިފުޅުގައި އެޅުވުމަށް ރައީސް ނަޝީދު ރޭއްވެވި ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ރާވާފައި އޮތީ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ޓްވީޓުގައިވެއެވެ.
އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
އެމައްސަލާގައި ރައީސް ނަޝީދު ތަމްސީލް ކުރައްވާ ލޯ ފާމް ލިޓިގަންޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ނަޝީދު ގަތުލުއާންމެއް ހިންގަން އުޅުއްވި ކަމަށް ބުނެ މެމްބަރު ޝަރީފް މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓްވީޓާ ގުޅިގެން އޭނާގެ ކިބައިން އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.
މައްސަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިފައިވަނީ އެޓްވީޓުގެ ސަބަބުން އެމަނިކުފާނަށް ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު