ހުޅުމާލޭ ހޮސްޕިޓަލުން ދުއްވާފައި ނުކުތް ވޭނެއް އެކްސިޑެންޓުވެ، 4 މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ޓްރާންސްޕޯޓް ފަޅިން ދުއްވާފައި ނުކުތް ވޭނެއްް ކޮންޓްރޯލުން ނެއްޓި، ބޯގަންވިލާމަގުގެ ޕޭމަންޓު މަތީގައި ތިބި ތިން މީހެއްގެ ގައިގާ ޖެހިފައިވާ ކަމަށެވެ. ވޭނުން ޖެހުމުގެ ސަބަބުން އަނިޔާވެފައިވަނީ އެ ހޮސްޕިޓަލް ކައިރީ ތިބި ދިވެހި ތިން އަންހެނަކަށެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ގައިގާ ޖެހުމަށްފަހު، އެ ސަރަހައްދުގައި ހުރި 168 ވަނަ ފްލެޓުގެ އިރުމަތީފަރާތު ފާރު ކަނުގައި އެ ވޭން ޖެހިފައިވާ ކަމަށެވެ. އެކްސިޑެންޓްވީ ވަގުތު ވޭން ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް އަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.
އެ ހަތަރު މީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ ކަމަށާއި ވޭން ދުއްވާފައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ އެ ކެޓަގަރީގެ ލައިސަންސް އޮތް މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް އެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު