ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ހައްޔަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިސާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، މައިމޫނާ ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

"މައިމޫނާ ހައްޔަރު ކުރަން އެބަޖެހޭ. ޤާނޫނު އަސާސީ މުގުރާލައިފި." މިއަދުގެ މަޖިލީސް ޖަލްސާގައި ޑީއާރުޕީގެ ލީޑަރ ޖާބިރު ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮތުން ތަންދޮރު އޮޅުންފިލާ މީހުން މިޤައުމުގައި ތިބިކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ، އިޤްތިޞާދީ ވާހަކަ ދައްކަންވާނީ ހިސާބު ޖަހައިގެން ކަމަށާއި، ނަމަވެސް މަޖިލީހުގައި ހިސާބު ޖަހައިގެން ވާހަކަދައްކާ މީހުން މަދު ކަމަށެވެ. އަދި ޗައިނާއާއި ރާއްޖެއާ ދޭތެރޭ އޮތް ގުޅުން ހީނަރުވެފައިވާ މައްސަލަ ބަލައި ޗައިނާ މާކެޓް ހުޅުވާލުމަށް ޖާބިރު ވަނީ ގޮވާލަށްވާފައެވެ.

"ރާއްޖެ ލޮކްޑައުން ކޮށްގެން މިއުޅެނީ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފަށް. ދިވެހި ރައްޔިތުން އެފަދަ ކަންކަމަށް ކިޔަމަންވެގެން ނުވާނެ.. ފަހަރެއްގައި ވެދާނެ މައިމޫނާ އަށް ނޭނގޭ ކަމެއްގެ ތެރެއަށް ވަދެވިގެން އުޅެނީ ކަމަށްވެސް. މި ރާއްޖޭގެ ރައްޔިތުން މިތިބީ ބަންދު ކޮށްފައި." ޖާބިރު ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަށް ރާއްޖޭގެ ރައްޔިތުން ބަންދުކޮށްގެން ގެންގުޅުމުގެ ބާރެއް ނުދެވޭނެ ކަމަށާއި، ރާއްޖެ ހިންގަމުންދަނީ ވިޔަފާރީގެ އުސޫލުތަކާއި، ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ޖާބިރު ވިދާޅުވިއެވެ. ހަމަ އެއާއެކު ރާއްޖެއަށް މިހާބޮޑު ގެއްލުމެއް ދިން ވަޒީރުންނާއި އެހެނިހެން މީހުންނަށް އަދަބު ދެވޭނެ ދުވަހެއް އަންނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8

ލާރާ

03-Jul-2020

ތިކަހަލަ ތަންދޮރު ނުދަންނަ ވާނުވާ ނޭނގޭ މީހުން މަޖިލީހަށް ހޮވީމަ ވާނެގޮތް މިފެންނަނީ. ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މީހުންނާ ދިމާލަށް ނުކިޔަވާ ތިބި ތަންދޮރު ނުދންނަ މީހުން އެއްޗެހި ކިޔަން ލަދުގަންނަން ޖެހޭނެ. މަޖިލީހަށް ހޮވާފަ ތިބި މީހުންގެ އަޚްލާޤް ފެންވަރު ރަނގަޅުކުރަން ވެއްޖެއެއްނު

5

13

1

އެޑަމް

23-Jun-2020

ޖަަބިރު ތިއައްވުތެ ބަހުރުވަ ރީތިކޮއް ތަހުޒީބުވާން ޖެހިއްޖެނޫންތޯ މިހާރު ތިގެންގުޅުއްވަނީ ތަންދޮރުނުދަންނަ ޖާހިކުންގެ ސްޓައިލް

7

އެޑަމް

23-Jun-2020

ޖަަބިރު ތިއައްވުތެ ބަހުރުވަ ރީތިކޮއް ތަހުޒީބުވާން ޖެހިއްޖެނޫންތޯ މިހާރު ތިގެންގުޅުއްވަނީ ތަންދޮރުނުދަންނަ ޖާހިކުންގެ ސްޓައިލް

ޓްރެންޑިން