ފެމިލީ ކޯޓުގެ ފުރާޅަށް އަރައި ވައްކަންކުރަން އުޅުނު މީހަކު 40 ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ ވައްކަމުގެ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ހައްޔަރުކުރީ ފެމިލީ ކޯޓު ހުންނަ އިމާރާތުގެ ފުރާޅަށް އަރައި، ކޯޓުގެ އެއާކޮންޑިޝަނުގެ އައުޓްޑޯ ޔުނިޓެއް ވަގަށް ނަގަން އުޅުމުގެ ތުހުމަތުގައެވެ. ނަމަވެސް ފުލުހުންގެ ތުހުމަތަށް އިންކާރުކޮށް އޭނާ ބުނެފައިވަނީ ކޯޓުގެ ފުރާޅަށް އެރީ އޭނާ ދިރިއުޅޭ ގޭގެ ފުރާޅުން ފެން ފައިބާތީ އެކަން ހައްލުކުރަން ކަމަށެވެ.
އޭނާ ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާވަރުގެ ހެކި ލިބިފައިވާކަމަށެވެ. އެގޮތުން ފުލުހުން އޭނާ ހުއްޓުވިއިރު އޭނާ ކައިރީގައި އޭސީ އައުޓްޑޯ ޔުނިޓެއް ހުރި ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެހެންކަމުން އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު މީގެކުރިން 34 ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައިވާތީ ކޯޓުން ވަނީ 40 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު