ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އަނބުރާ ރަށަށް ފޮނުވާލުމަށް ޚާއްޞަ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައި
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އަނބުރާ ރަށަށް ފޮނުވާލުމަށް ޚާއްޞަ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައި
ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ހިންގާފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ، ރާއްޖެ އަށް އައިސް ތިބި ބިދޭސީންނަށް ހުރިހާ ނަފްރަތެއް އަމާޒުވާއިރު އެކަން އެގޮތަށް ކުރީ ސަރުކާރުތަކުގައި ތިބި މީހުން ކަމަށެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ އެޖެންޓުންނާއި ސަރުކާރުތަކުގައި ތިބި މީހުން ގުޅިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިހާރު ތަހުގީގު ކުރާތާ ދޮޅު އަހަރު މިވަނީ. މިއީ އެމްއެމްޕީއާރުސީ ކަހަަލަ މައްސަލައެއް. ހަގީގަތުގައި އެމްއެމްޕީއާރުސީ އަށް ވުރެ މާބޮޑު ވައްކަމެއް މިއީ. އަދި މާ އަނިޔާވެރި ވައްކަމެއް މިއީ. މިއީ އިންސާނުންތަކަކަށް ހޭއަރުވާލައިގެން ހިންގާފައި އޮތް ވައްކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވީ އެ މީހުން އަމިއްލަ އަށް ކުރި ކަމަކަށް ވުރެ ބޮޑަށް ރާއްޖޭގައި ތިބި ބަޔަކު ކުރި ކަމަކުން ކަމަށާއި، ރާއްޖެ އަށް އައިސް ޕާސްޕޯޓް ވީދާލާފައި ފިލައިގެން މީހުން އުޅޭ ވާހަކަ ދެކެވޭ ކަމަށާއި އެއީ އެކަމަކު ވަރަށް މަދުން ހިނގާފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއްސުރެ ވެސް ހިނގަމުން އަންނަ ކަމެއް، އެކަމަކު ބޮޑުތަނުން ގޯސްވެފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅުގައި. ދެން އަޅުގަނޑުމެން އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކުރަމުން މި އަންނަނީ." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، ބިދޭސީންގެ ކަންކަން އިޖުތިމާއީ މައްސަލައަކަށް ވެފައި ވަނީ ދިވެހިން ކުރާ މަސަައްކަތްތަކުގެ ތެރެއަށް ބިދޭސީން ވަންނާތީ އެވެ. އެހެންވެ، އެކަން ކޮންޓްރޯލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރ ފައްޔާޒް ވަނީ، ބިދޭސީންގެ ކަންކަމުގައި އިމިގްރޭޝަނާމެދު އަދިވެސް އެމަނިކުފާނުގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައެވެ. އަދި މިކަން ބޮއްސުންލައިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިއަށްއޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބިދޭސީން ހުއްދަ ލިބިފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރާނަމަ، މަސައްކަތް ކުރާ ތަނުގެ ވެރިފަރާތަށް ފިޔަވަޅު އެޅުމަށް ޤަވާއިދެއް އެކުލަވާ ލައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން