ރައީސް ނަޝީދު (ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ)
ރައީސް ނަޝީދު (ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ)
މަޖިލީހުގެ މެމްބަރުންގެ ކޮއްތު އަމިއްލައަށް ހަމަޖެއްސުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ގޭގައި މަޑުކުރުމަށް އެންގި ގިނަ މުވައްޒިފުންނަކީ މަޖިލީހުގައި ކެއިންބުއިމުގެ ކަންކަން އިންތިޒާމްކުރުމުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުންނަށް ސައިގެ ކަންތައް ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ކޮންޓެކްޓްވި މަޖިލީހުގެ 22 މުވައްޒަފަކު ވަނީ ގޭގައި މަޑުކުރުމަށް އަންގާފައެވެ. އޭގެ ތެރޭގައި ގިނައީ މަޖިލީހުގެ އިދާރީ މަސައްކަތްތައްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ.

"މަޖިލީހުގެ އިދާރީ މުވައްޒިފުންގެ ތެރެއިން ގޭގައި މަޑުކުރަން އެންގި ގިނަ މުވައްޒިފުންނަކީ ތިޔަބޭފުޅުންގެ ސައިގެ ކަންކަން ހަމަޖައްސަވާ މުވައްޒަފުން. އަޅުގަނޑު އެދެނީ ތިޔަބޭފުޅުން ތަށިބަރި ގެނެސް ސައިކަންތައް ހަމަޖެއްސުމަށް، ތަށިބަރި ގެނައުމުގައި އެތަކެތި ވެއްދޭނީ ސެކިއުރިޓީގެ ބެލުންތަކުގެ ދަށުން. މެމްބަރުން މަޖިލީހަށް ވަންނަނީ ހުންވެސް ޗެކްކޮށްގެން. ހަމަގައިމުވެސް އަޅުގަނޑު ގެންނާނަން ތަށިބަރި، އަޅުގަނޑު ތަށިބަރިގެނެސް ސައިބޮއިގެން މަސައްކަތްކުރާނީ." ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ޖަލްސާތައް ބާއްވަނީ ކޯވިޑް-19 ގެ ނުރައްކާތެރިކަން އޮތްކަން އެނގިވަޑައިގެން ކަމަށެވެ. އެހެންކަމުން އަބަދުވެސް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މަޖިލީހުގެ އިދާރާއިން އަޅަމުން ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒިފަކު ކޮވިޑަށް ފައްސިވިކަން އެނގުން ދުވަހު، މަޖިލިސް ޑިސްއިންފެކްޓްކޮށް އޭނާއާއި ކޮންޓެކްޓްވީ މުވައްޒަފުންވެސް ވަނީ ދެނެގަނެފައެވެ. މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީ ކޮންޓެކްޓުންނަކީ ބަލި ޖެހިފައިވާ މީހެއްގެ ގާތުގައި ފަނަރަ މިނެޓް ވަންދެން މާސްކު ނާޅައި 3 ފޫޓަށް ވުރެ ކައިރީގައި ތިބޭ މީހުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން