ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރުގެ ބޮޑު ސޭލް ޏ. ފުވައްމުލަކުގައި މިއަދު ފަށައިފިއެވެ.

ފުވައްމުލަކު އެޑިއުކޭޝަން ސެންޓަރުގައި މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްދާ މިސޭލް ރަސްމީކޮށް ހުޅުއްވައިދެއްވީ އެސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.

މި ސޭލް ކުރިއަށްދާނީ މިއަދާ މާދަމާ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މި ސޭލްގައި އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ކޮލެޓީ، ގެއަށް ބޭނުންވާ އަދި ބަދިގެއަށް ބޭނުންވާ ތަކެތިން ވަރަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯއިން އަލަށް ތައާރަފް ކުރި، ބަދިގެއަށް ހާއްސަ ބްރޭންޑް "ރުސެލް ހޮބްސް" އަދި ބިއުޓީ ބައިޓަޗްސް ޕާސަނަލް ކެއާއަށް ހާއްސަ "ރެމިންޓަން" ބްރޭންޑް ވެސް ހިމެނޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން މައުލޫމާތުދޭގޮތުގައި "ރުސެލް ހޮބްސް" ބްރޭންޑްގެ ތެރޭގައި ޖަގް، އަވަން، މައިކްރޮވޭވް، ޓޯސްޓާ ފަދަ ގިނަ ޕްރޮޑަކްޓްތަކެއް ހިމެނެއެވެ. "ރެމިންޓަން" ބްރޭންޑު ހާއްސަ ވަނީ ހެއާ ޑްރަޔާ، ހެއާ ސްޓްރެއިޓްނާ، ޓްރިމަރު ފަދަ ގްރޫމިން ޕްރޮޑަކްޓަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެ ސޭލްގެ ތެރެއިން ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރޭގައި ގުރު ނަގައި ނަސީބުވެރި 20 ފަރާތަކަށް ވަރަށް އަގުހުރި އިނާމުތައް ލިބިގެންދާނެއެެވެ. އަދި ސޭލްގެ ތެރެއިން އެސްޓީއޯގެ ޕްރޮޑަކްޓްސްތަކުގެ ފްރީ ޓޭސްޓިން ވެސް ކުރިއަށް ދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެސްޓީއޯގެ އަހަރުގެ ބޮޑު ސޭލް ހިނގަމުން ދާ ވަގުތު ކުޑަ ކުދިންނަށް ހާއްސަ ގިނަ ކުޅިވަރުތައް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން