ހދ. ވައިކަރަމުރައިދޫ ފަރަށް ރޭ އުރުނު ދޯނި މިހާރު ފުންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ 3 މީހުންނާއެކު ދަތުރުކުރި މިދޯނި ފަރަށް އެރިކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ރޭ 23:32 ހާއިރު ކަމަށެވެ.
މިހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ލޯންޗު އެސަރަހަށްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ދޯންޏަށް ދިޔަވުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ހަމައެއާއެކު ދޯނީގެ ވެރިފަރާތުން ގެނައި ދޯންޏެއްގައި ކަފުޖަހައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ ދޯނި ވަނީ ރޭ ފަތިހު 05:05 ހާއިރު ހދ.ކުޅުދުއްފުށި ބަނދަރަށް ވައްދާފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު